ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "އަލްވަދާއު"ގެ ޓިކެޓް ގަތުމަށް އޮންލައިން ބުކިން ހުޅުވާލައިފި އެވެ.
ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ އެ ފިލްމުގެ އޮންލައިން ބުކިންއަށް ހުޅުވާލާފައިވާއިރު ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ.
"މިދާ ވަރުން ދަންޏާ ހަފްތާ ބަންދު ތެރޭގައި ދަންވަރު ޝޯތައް ވެސް ބާއްވަން ޖެހޭނެ ހެން ހީވަނީ" ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.
ޝަރަފް އަބްދުﷲއާއި މަރިޔަމް މަޖުދާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ސަޕޯޓިން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދަރާ މުހައްމަދު ރަޝީދު، ޝީލާ ނަޖީބު އަދި ނުޒުހަތު ޝުއައިބު ހިމެނެ އެވެ.
"އަލްވަދާއު"ގެ ފުރަތަމަ ޕޯސްޓަރު މިހާރު އާއްމު ކޮށްފައިވާއިރު އެ ޕޯސްޓަރުން ވެސް ފިލްމަކީ ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ފަރާތްތަކުން ޑާކްރެއިން އެންޓަޓެއިންމަންޓުގެ ނަމްބަރު 9911229 އަށް ވައިބަރ ކުރަން އެ ޕްރޮޑަކްޝަނުން އެދެ އެވެ.
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި
ޓެކްސީ ލައިންގެ ހިދުމަތް އަންނަ އަހަރަށް ފަސްކޮށްފި
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު