ސ. ހިތަަދޫގެ ގެއެއް ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ދެމަފިރިންގެ ހަށިގަނޑު ފެނުނީ ހިތަދޫ ކްރޭންގެއިންނެވެ.

ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލަށް ހެދި ގެއަށް އެ ދެމަފިރިން ބަދަލުވީ މީގެ ތިން ދުވަސްކުރިން ކަމަށް ވެ އެވެ. އަދި އެ ދެމަފިރިން ހަބަރެއް ނުވެގެން ގޮސް ބެލިއިރު މަރުވެފައި އޮތީ އެއް ކޮޓަރިއެއްގެ ތެރޭގައި ކަމަށް ވެސް ވެ އެވެ.

މަރުވެފައި ވަނީ ސ. ހިތަދޫ، ކްރޭންގެ، އިބްރާހީމް އަބްދުޑ،60 އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު، 52 އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ.

އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.