އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައިނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ޝަރުތުތަކާއެކު ފައިނާ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ޝަރުތުތަކާއެކު ފައެނާ ދޫކޮށްލިޔަސް އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ.
އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގު ފެނިފައިވާކަންވެސް އެނގިފައިވެއެވެ. ނަމަވެސް އޭގެ ސީދާ ބަރުދަނެއް އަދި ބާވަތެއް ޔަގީނެއް ނޫނެވެ.
ފައިނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އެޖީ އޮފީހުގެ އިސް ބައެއް މަގާމުތައް ވެސް މީގެ ކުރިން އޭނާ ފުރުއްވާފައިވެ އެވެ.
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
