ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން ޑޮލަރު މިއަދު ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ތާވަލާ އެއްގޮތަށް ސުކޫކަށް ފައިސާ ދައްކަމުން އަންނަ ކަމުގެ ޔަގީންކަން ދީފަ އެވެ.
ސުކޫކު ޕޭމެންޓު އަދާކުރަން ޖެހޭ މުއްދަތުގައި އެ ފައިސާ ދެއްކީ ދަރަނި އަދާކުރުމަށާއި އިންވެސްޓަރުންނާއި ކްރެޑިޓަރުންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުގެ ތެރެއިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރު ދައްކައި އެ ފައިސާ އެއްކޮށް ހަލާސްކުރާނެ ކަމަށް އެ މިިނިސްޓްރީން ބުންޏެވެ.
ތާވަލާ އެއްގޮތަށް ކޫޕަން ފައިސާ ދައްކައި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ދެ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާގުގައި އަސްކަރީ މަރުކަޒެއް
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
އައިޝާ ޑޮކިޔުމެންޓްރީ: އަމުރަށް ތަބާވާން މީޑިއާތަކަށް އަންގައިފި
