އެމްޑީޕީ މުޒާހަރާއަށް ހުރަސްއަޅައި މުޒާހަރާގެ ތެރެއިން އާންމުން ހައްޔަރުކުރަން ފުލުހުން ފަށައިފި އެވެ.
މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ ޝީލްޑްތަކާއެކު މަޖީދީމަގާއި އާޓިފިޝަލް ބީޗް ގުޅޭ ކަންމަތި ބަންދުކޮށް މުޒާހަރާގެ ބައިވެރިންނަށް މަޖީދީމަގުން ކުރިއަށްދިޔުމަށް ހުރަސްއަޅަން ފަށާފަ އެވެ.
މުޒާހަރާގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މުޒާހަރާގައި ބޭނުންކުރަމުން ދިޔަ ޕިކަޕެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މުޒާހަރާ ފެށުމާއެކު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ މުޒާހަރާ ހުއްޓުވަން ފެށީ ހުއްދަދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީމަގުން ދާން އުޅުމުން ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ފުޅި އުކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާގެ ތެރެއަށް ގްރޫޕްތައް ވައްދައި ހަމަނުޖެހުން ހިންގަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން އެހެން ބުނެފައި ވަނީ މުޒާހަރާގައި ހަމަނުޖެހުން ހިންގަން އެމްޑީޕީން އުޅޭ ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރުމުންނެވެ.
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
