ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ނިކޯލް ކިޑްމަންއާއި އޭނާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ކީތު އާބަން އެންމެ ފަހުން ވަރިވާން އުޅޭ ކަމަށް އަޑުތައް އަރައިފި އެވެ.
ކައިވެނި ކޮށްގެން ގާތްގަނޑަކަށް 19 އަހަރު އުޅުމަށްފަހު އެ ދެމީހުން މިހާރު ދިރިއުޅެމުން އަންނަނީ ވަކިވަކިން ކަމަށް ހޮލީވުޑްގެ ހަބަރުތަކުން ބުނެ އެވެ.
ވަކިން ދިރިއުޅެމުން ދިޔަ ނަމަވެސް އެ މީހުންގެ ކައިވެނި އެއްކޮށް ރޫޅި ވަރިއަކާ ހިސާބަށް ދާނެކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ޔަގީނެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި ވަކިވުމަކީ ނިކޯލް ބޭނުންވާ ގޮތެއް ނޫނެވެ. ޖެހިފައިވާ މައްސަލަތައް ހައްލުކޮށް އާއިލާ ދަމަހައްޓަން އޭނާ ބޭނުންވި ނަމަވެސް ކީތު ވަނީ އޭނާގެ ނިންމުން ނިންމައި އެ މީހުން އުޅެމުން ދިޔަ ގެއިން ނުކުމެފަ އެވެ.
މި ދުވަސްވަރު ނިކޯލްއާއި އޭނާގެ ދަރިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އޭނާގެ ދައްތަ އެންޓޯނިއޯ ކިޑްމަން ކަމަށް ހަބަރުތައް ބުނެ އެވެ.
މިކަމާ ބެހޭގޮތުން ނިކޯލްއާއި ކީތުގެ ތެރެއިން އެކަކު ވެސް މިހާތަނަށް މީޑިއާއަށް އެއްވެސް މައުލޫމާތެއް ދީފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ