ކުރިއަށް އޮތް ސްޕައިޑަ މޭންގެ ފިލްމުގެ ސެޓުގައި ލީޑު އެކްޓަރު ޓޮމް ހޮލޭންޑަށް ލިބުނު އަނިޔާއާއެކު ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިއްޖެ އެވެ.
ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އެ އަނިޔާގެ ސަބަބުން ދެ ހަފްތާގެ މުއްދަތަކަށް ޓޮމް އަރާމު ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ.
އެހެން ކަމުން އެ މުއްދަތުގައި ފިލްމްގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށާއި ދެން މަސައްކަތް އަލުން ފެށޭނެ ދުވަހެއް އަދި ޔަގީން ނުވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.
ޓޮމްއަށް އަނިޔާވީ މިދިޔަ ހަފްތާ ތެރޭގައި ފިލްމުގެ ސްޓަންޓެއް ޝޫޓު ކުރަން އުޅުމުގެ ތެރޭގައި ވެއްޓި ބިންމަތީގައި ބޯ ޖެހިގެންނެވެ. އަނިޔާގެ މާ ބޮޑު ތަފްސީލެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
ޓޮމްގެ އަނިޔާއާއެކު ފިލްމުގެ މަސައްކަތް މެދުކެނޑިފައިވީ ނަމަވެސް ފިލްމު ރިލީޒް ކުރަން އޮތް ދުވަހަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ސްފައިޑަ މޭންގެ ޝޫޓިންގައި ނޫޅުނު ނަމަވެސް އަނިޔާއަށްފަހު ޓޮމް ވަނީ އޭނާގެ މައިންބަފައިންނާއެކު ޗެރިޓީ އިވެންޓަކުން ފެނިގެން ގޮސްފަ އެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ