މިފަހަކަށް އައިސް ހޮލީވުޑްގެ ހަބަރުތަކުގެ ފަލަ ސުރުހީތަކަށް އެރި އެންމެ ބޮޑު އެއް ހަބަރަކީ ޖެނިފާ ލޮޕޭޒްއާއި ބެން އެފްލެކްގެ ވަރީގެ ވާހަކަ އެވެ. އެ

އެކައިވެނި ރޫޅެން މެދުވެރިވި ސަބަބާ މެދު އެތައް ވާހަކަތަކެއް ދެކެވޭއިރު އޭގެ މައިގަނޑު ސަބަބަކީ ބެންގެ ކުރީގެ އަންހެނުން ޖެނިފާ ގާނާ ކަމަށް ޖޭލޯ ބުނެފައިވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖޭލޯއާއި ބެންގެ ކައިވެނީގައި މައްސަލަތައް ޖެހުމުގައި "އަސްލު ވިލަން"އަކީ ޖެނިފާ ކަމަށް ޖޭލޯ ގަބޫލުކުރެ އެވެ.

މިފަދަ ރިޕޯޓުތަކެއް މީޑިއާއަށް ފެންމަތިވެފައި މިވަނީ ޖޭލޯއާއި ބެންގެ ކައިވެނީގެ މައްސަލަ ކޯޓުގައި އޮތް ދުވަސްވަރެއްގައި ބެން ޖެނިފާއާއެކު ހޭދަކުރާ ވަގުތު އިތުރުވެފައި ވަނިކޮށެވެ.

ޖޭލޯއާއެކު މައްސަލަތައް އިތުރުވުމާއެކު ބެން ވަނީ ޖެނިފާއާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް އާ އަހަރު ވެސް އޭނާއާއެކު ފާހަގަކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ވަރީގެ ކަންތައްތައް ނުނިމެނީސް ބެންއާއި ޖެނިފާ އެކުގައި ހޭދަކުރާ ވަގުތު ގިނަވުމުން ޖޭލޯ ހުރީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ.

ގާތްގަނޑަކަށް އަހަރު ދުވަހުގެ ކޯޓު ހަނގުރާމައަކަށްފަހު އެ ދެތަރިންގެ ވަރި ފައިނަލް ވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.