ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްނުވާ "ބޭރު މީހެއްގެ" ގޮތުގައި އެ ދާއިރާއިން ކުރިއަށް ދިއުމަށް ކުރިމަތިވި ގޮންޖެހުންތައް ޕްރިޔަންކާ ޗޯޕްރާ ކިޔައިދީފި އެވެ.
ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޕާޕަލް ޕެބަލްސް ޕްރޮޑަކްޝަންސް"އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ވަނީ ވަނީ ބޮލީވުޑަށް އަލަށް ވަންނަ ތަރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.
އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފެއްދީ ކީއްވެގެންތޯ ސުވާލު ކުރުުމުން ޕްރިޔަންކާ ބުނީ ބޮލީވުޑްއަކީ ބޭރު މީހުންނަށް ވަރަށް ބީރައްޓެހި ދާއިރާއެއް ކަމަށާއި އޭނާއަށް ނުލިބުނު ފުރުސަތު މިހާރު ބޮލީވުޑަށް އަލަށް ވަންނަ ތަރިންނަށް ހޯދައިދޭން ބޭނުންވީ ކަމަށެވެ.
"ދެހާހުގެ ކުރީކޮޅު އަހަރެން ބޮލީވުޑަށް ވަތްއިރު ގިނަ ގޮންޖެހުންތަކެއް ހުރި. އެކަމަކު ކޮންމެވެސް ގޮތަކުން އަހަރެން ކުރިއަށް ދިޔައީ، އޭރު އަހަންނަށް ނުލިބުނު ފުރުސަތު މިހާރުގެ ތަރިންނަށް ހޯދައިދޭން ބޭނުންވީ" ޕްރިޔަންކާ ބުންޏެވެ.
2018 ވަނަ އަހަރު އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށްފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ޕްރިޔަަންކާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ ހޮލީވުޑްގަ އެވެ.
އެހެން ނަމަވެސް އަހަރުތަކަކަށްފަހު އޭނާ އަންނަނީ އެސްއެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމާއެކު ބޮލީވުޑަށް އެނބުރި އަންނަން ތައްޔާރު ވަމުންނެވެ.