ނިމިދިޔަ ސަރުކާރުން ފެށިނަމަވެސް މިހާރު ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި އަހަށް ނިންމައިދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މިއަދު ފެންނަމުންދަނީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައް މަޑުޖެހިފައިވާތަން ކަމަށެވެ. އެގޮތުން ބޮޑުފޮޅުދޫގައި އެމްޑީޕީގެ ސަރުކާރުން ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް މިއަދު ފެންނަމުންދަނީ މަޝްރޫއުތައް ހުއްޓިފައިވާތަން ކަމަށެވެ.
ބޮޑުފޮޅުދޫ ކައުންސިލުން ވަނީ އެ ކައުންސިލުން އެރުވާ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ އެމަނިކުފާނަށް އަރުވާފަ އެވެ. މިކަމަށްޓަކައި އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑަނައާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، ބޮޑުފޮޅުދޫއަށް އާދެވުމުން އިހްސާސްކުރެވުނީ އަމިއްލަ ރަށަށް ދެވުނު ކަހަލަ އިހްސާސެއް ކަމަށެވެ.
އެފަދަ އައްޑަނަ އަކުން އެނގިގެންދަނީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސަރުކާރާއި ކެބިނެޓާއި، މަޖިލިސް މެމްބަރުން ކޮށްދެއްވާފައިވާ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނަށް އެރުވި އައްޑަނައަކީ އެމްޑީޕީ ސަރުކާރުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކެއްގެ ޝާމިލްވުން ހިމެނޭ އެއްޗެއް ކަމަށާއި އެމްޑީޕީން ރައްޔިތުންނަށް ކޮށްދީފައިވާ މަސައްކަތުގެ އަގު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފާސްކުރި ބޮޑެތި ބަޖެޓްތައް ހުސްވެފައި ވަނީ ރައްޔިތުންނަށް އެއްވެސް ކަމެއްކޮށް ނުދީ ކަމަށާއި އެފާއިސާއަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
