މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމުން އާމިނަތު ސޫޒަން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސޫޒަން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަށް އިސްކަން ދިނުމުގެ ގޮތުންނެވެ.
މަޓާޓޯގެ ސީއީއޯ ކަމަށް ސޫޒަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 27، 2024، ގަ އެވެ.
ސޫޒަންގެ ދައުރުގައި މަޓާޓޯއިން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިން އިތުރު ކުރުމަށް ވެލްކަމް އިންޑިއާގެ ނަމުގައި ރޯޑް ޝޯއެއް ބޭއްވުން ހިމެނެ އެވެ.
ސޫޒަން އަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރެވެ.
އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކުންފުނީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ.
"ޑޮލަރުގެ އަގާ ގުޅޭ ގޮތުން އަހަންވީ ކުރީ ރައީސުން ގާތު
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
