ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީއަށް ރައީސް އޮފީހުން މިނިސްޓަރު ފެންވަރުގެ މަގާމެއް ދީފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ފަހުމީ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ކުއްލިގޮތަކަށް ފަހުމީ ވަކިކުރި ސަބަބެއް ނޭނގެއެވެ.
އޭނާ މަގާމުން ވަކިކުރުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސީ، މައްސަލަތަކެއް ބެލުމަށްފަހު މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި އަހްމަދު ޝަމާހު ރަޝީދެވެ.
ޝަމާހަކީ މާލޭގެ އެންމެ ފުރަތަމަ ޑެޕިޔުޓީ މޭޔަރެވެ.
ފްލައިޓްގައި ހަމަނުޖެހުން ހިންގި މީހާ ދޫކޮށްލައިފި
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
