ގިނަ ބަޔަކު އިންތިޒާރުކުރި މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު މިއުޒިކް އެވޯޑްސް ކަމަށްވާ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ބާއްވައިފި އެވެ.
ރާއްޖެ ގަޑިން ރޭ ފަތިހު 05:00ގައި ފެށި އެ ހަފްލާގައި މިއުޒިކްގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ތަރިންތަކަކަށް އެވޯޑް ލިބިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
އެގޮތުން އެވޯޑް ލިބުނު ތަރިންގެ ތެރޭގައި ލޭޑީ ގާގާ، އެރިއާނާ ގްރާންޑޭ، ސެބްރީނާ ކާޕެންޓާ، ރޯސޭގެ އިތުރުން ބްރޫނޯ މާސް ވެސް ހިމެނެ އެވެ.
އެވޯޑް ލިބުނު ފާހަގަ ކޮށްލެވޭ ފަރާތްތައް
- ވީޑިއޯ އޮފް ދަ އިޔާ - އެރިއާނާ ގްރާންޑޭ (ބްރައިޓާ ޑޭސް އަހެޑް)
- އާޓިސްޓް އޮފް ދަ އިޔާ - ލޭޑީ ގާގާ
- ސޯންގް އޮފް ދަ އިޔާ - ރޯސޭ އަދި ބްރޫނޯ މާސް (އޭޕީޓީ)
- ބެސްޓް ނިއު އާޓިސްޓް - އެލެކްސް ވޮރެން
- ބެސްޓް ޕޮޕް އާޓިސްޓް - އެރިއާނާ ގްރާންޑޭ
- އެމްޓީވީ ޕުޝް ޕާފާމެންސް އޮފް ދަ އިޔާ - ކަޓްސެޔެ (ޓަޗް)
- ބެސްޓް ކޮލެބްރޭޝަން - ލޭޑީ ގާގާ، ބްރޫނޯ މާސް (ޑައި ވިތު އަ ސްމައިލް)
- ބެސްޓް ޕޮޕް ސޯންގް - އެރިއާނާ ގްރާންޑޭ (ބްރައިޓާ ޑޭސް އަހެޑް)
- ބެސްޓް ކޭޕޮޕް - ލިސާ ފޓ ޑޮޖާ ކެޓް ރަޔެ (ބޯން އަގެއިން)
- ބެސްޓް އަލްބަމް - ސެބްރީނާ ކާޕެންޓާ (ޝޯޓް އެންޑް ސްވީޓް)
- ބެސްޓް ގްރޫޕް - ބްލެކް ޕިންކް
ވީޑިއޯ މިއުޒިކް އެވޯޑްސްއަކީ އެ އަހަރެއްގައި ރިލީޒްކުރާ ވީޑިއޯ ލަވަތަކާއި މިއުޒިކް ހުށައެޅުންތައް ބައިވެރިކޮށްގެން ކޮންމެ އަހަރަކު ވެސް އެމްޓީވީއިން ބާއްވާ އެވޯޑް ހަފްލާ އެކެވެ.