މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މާލެއިން ހައްޔަރުކުރި ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ.
އެ މީހުންގެ ތެރެއިން އެކެއްގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
އެ ގާނޫނު ބުނާގޮތުން ގޭންގަކަށް ނިސްބަތްވާ ބަޔަކު ތޫނު ހަތިޔާރު ގެންގުޅެފައިވާނަމަ އަދަބު ބޮޑުވެ އެވެ.
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"
