ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "އަލިފާން"ގެ އޮފިޝަލް ޕޯސްޓަރު ރިލީޒް ކޮށްފި އެވެ.
އަލިފާންގަނޑެއްގެ ތެރެއިން ފިލްމުގެ މުހިއްމު ތަރިން ޕޯސްޓަރުގައި ފެނިގެންދާއިރު ޕޯސްޓަރަށް ބަލާލުމުން އެކަނި ވެސް މި ފިލްމުގެ ދިލަ ވަރަށް ގަދަވާނެ ކަން އެނގިގެންދެ އެވެ.
ރަވީ ފާރޫގް، ޝީލާ ނަޖީބް އަދި މުހައްމަދު ފައިސަލްގެ އިތުރުން ވެސް ފިލްމީ ދާއިރާގައި ނަން މަޝްހޫރު މޫނުތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ.
"އަލިފާން"ގެ އޮފިޝަލް ޕޯސްޓަރު ދައްކާލާފައިވާއިރު މި ފިލްމުގެ ޓްރެއިލާ ވެސް ވަނީ ނެރެފަ އެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ބެލުންތެރިންނަށް ގެނެސްދޭ ފިލްމުތަކަކީ އަބަދުވެސް ރަހަތަފާތު ފިލްމުތަކަކަށްވާއިރު އެ ފިލްމުތަކަށް އަބަދުވެސް ބޮޑު ތަރުހީބެއް ލިބެ އެވެ.
އެގޮތުން އެ ސްޓޫޑިއޯއިން އެންމެ ފަހުން ގެނެސްދިން "ފުރޭތަ"އަކީ ވެސް ބެލުންތެރިންނާއި ފިލްމް ކްރިޓިކްސްގެ ތައުރީފު ލިބުނު ކާމިޔާބު ފިލްމެކެވެ.
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން