ހޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ދަ ޑެވިލް ވެއާސް ޕްރާޑާ 2"ގެ ޝޫޓިން ކުރިއަށް ސެޓުގެ ސަރަހައްދުން ނޫސްވެރިންތަކެއް ފައްސާލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ ލީޑު ތަރި އޭން ހެތަވޭ ވަނީ ޝޫޓިން މެދުކަނޑާލުމަށްފަހު އެތަނަށް އެއްވެ ތިބި ނޫސްވެރިންތައް ފޮނުވާލާފަ އެވެ.
ބުނެވޭ ގޮތުގައި އޭން އެގޮތަށް އަމަލުކުރީ އަޑުގަދަ ކުރަމުން ދިޔަ ނޫސްވެރިންގެ ސަބަބުން ޝޫޓިންގެ މަސައްކަތަށް ހުރަސް އެޅޭތީއާއި މަސައްކަތުގައި އުޅޭ ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާތީ އެވެ.
"އެއްވެސް މީހަކަށް އެނގޭތަ މިތަނުގައި ކުޑަކުދިން އުޅޭކަން. އެހެންވީމަ އެންމެން ވެސް ކުޑަކޮށް ހަމަޖެހިލާ" ނޫސްވެރިންގެ ކައިރިއަށް ގޮސް އޭން ބުންޏެވެ.
އޭން އެހެން ބުނުމުން ނޫސްވެރިން އެ ސަރަހައްދުން ގޮސްފައިވާއިރު ލަސްތަކެއް ނުވެ ޝޫޓިން އަލުން ފެށުނު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މީގެ 20 އަހަރު ކުރިން ރިލީޒްކުރި "ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއަލްއެއްގެ ގޮތުގައި ނެރޭ އެ ފިލްމުގައި އޭން ފެނިގެންދާނީ ކުރީގެ ފިލްމުން ވެސް އޭނާ ފެނިގެންދިޔަ ރޯލުންނެވެ.
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ