އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ވޯޓު ފޮށްޓަށް އަތް ބާނަން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އިންތިހާބާއި މައިމަރުކަޒުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އިދިކޮޅު ކޯލިޝަން ހިންގުވާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ވޯޓު ގުނަމުންދާތަނަށް ނަޝީދު ވަދެ ވަޑައިގަތީ އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެ ފުރުޞަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި މާދަމާ އިރު އަރަން ދެން ތިބެން ޖެހުނަސް ނަޝީދަށް ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ)އިން ގެންދަނީ އެމްޑީޕީއިން އެދިގެން ބައެއް ވޯޓު ފޮށިތަށް ގުނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މީގެ ކުރިން އީސީއިން ބުނެފައިވަނީ އެއްވެސް ފޮއްޓެއްގެ ވޯޓު އަލުން ނުގުނާނެ ކަމަށާއި ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށް ބުނެފައިވެ އެވެ.
ރަންބީރުގެ މޫނު މަތީގައި އަނުޝްކާ ޖެހީ ކީއްވެ؟
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް
ތަރައްގީ އަކީ އެއްގަމު ތޮށްޓާއި ބޮޑުހިލައެއް ނޫން
ވޯޓު ގުނާތަނަށް ނަޝީދު ވަޑައިގަތުމުން ހޫނުވެއްޖެ