ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރުމާ މެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު އެކަމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ދައުވާކުރުމާ މެދު އެ ކޮމިޝަނާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޑިޔުޓީ ޕްރޮސިކިއުޝަނަށް އެ ކޮމިޝަނުން އެ މައްސަލަ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެ ކޮމިޝަނުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލު ކުރުމާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމާއި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އޭނާއަށް ތޫނުއެއްޗަކުން ލިބިފައިވާ ޒަޚަމްތަކަކީ އަމިއްލައަށް ދީފައިވާ ޒަޚަމްތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ބުނާ ކަމަށެވެ. އަދި އެހެން މީހަކު ޒަކިއްޔާއަށް ހަމަލާދިންކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!
