މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓާކަނެކްޝަން ގްރިޑް އެނާޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މިއާއެކު ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.

މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ މިއަދު 9:30 އެހާއިރު އެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.