ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލުގައި އެ އޮތޯރިޓީގެ ބޯޑުގެ އެކުލެވުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް 11 އިސްލާހެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި މިހާރު 5 މެންބަރުން ތިބޭ އެ ބޯޑަށް، ޗީފް އެގްޒެކެޓިވްއާއެކު އަދަދު 7 އަށް އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފަ އެވެ. އަދި ސީއީއޯ ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް ވާންޖެހޭނެ އެވެ.
އިސްލާހުގައިވާ ގޮތުން، ބޯޑުގެ ނިންމުންތަކުގައި ސީއީއޯއަށް ވޯޓުލުމުގެ ހައްގެއް ނޯންނާނެ އެވެ. އަދި މަގާމުން ވަކިކުރާ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް 5 އަހަރުގެ އެއް ދައުރަށްވުރެ ގިނަ ދައުރުގައި ދެމިތިބެވޭނެ ގޮތަށް ގާނޫނު ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ.
މި ބިލު ފާސްވެ ތަސްދީގުކުރުމާއެކު، ބޯޑަށް އަލަށް އިތުރުކުރަންޖެހޭ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ވެމްކޯގެ މެނޭޖްމަންޓުގައި ތިބީ ކަންނެތް ބައެއް: މޭޔަރު އާޒިމް
ގެއްލިފައިވާ އެކްޓަރު ރާޖް ކިރަން ހޯދަން 5000 ޑޮލަރުގެ އިނާމެއް!
މާލޭގައި ކުނި ގިނަވާތީ ކައުންސިލަރުން ވެމްކޯއަށް