ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރަން ދަންނަވާފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.
މިފަދަ އިސްލާހެއް ގާނޫނަށް ހުށަހަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް މީގެކުރިން ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނަންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް އެމަނިކުފާނު ސީދާ ޖަވާބެއް ނުދެއްވި އެވެ.
ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް އަރައިފި
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
ކޭޕްވާޑްގެ ރައީސް: އާޖެންޓީނާ ބަލިކުރެވިދާނެ
