ފ.މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ ފަޔާ ސްޓޭޝަނަށް ބަޔަކު ގެއްލުން ދީފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓްގެ ފަޔާ ބިލްޑިންގެ ވަށައިގެންވާ ބީއްލޫރިތައް ތަޅާލައި، އަލިފާން ރޯކޮށްލުމަށްވެސް މަސައްކަތްކޮށްފަވާކަން ފާހަގަކުރެވިފަވާކަމަށެވެ.
މަގޫދޫ ސައިޓްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުން މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 7:47 ގައި އެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަގޫދޫ އެއާޕޯޓުގެ 50 ޕަސެންޓް މަސައްކަތް މުޅިން ނިމިފައިވާއިރު، އެއާޕޯޓްގެ ފަޔާ ބިލްޑިން، ރަންވޭ އަދި ޓާމިނަލްގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާފަ އެވެ.
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް