މަތިންދާބޯޓެއް ވެއްޓި ގޮވުމާ ގުޅިގެން ލަންޑަނުގެ އެއާޕޯޓެއް ކަމަށްވާ ސައުތުއެންޑް އެއާޕޯޓު ބަންދުކޮށްފި އެވެ.
އެސެކްސް ފުލުހުން ބުނީ އެ ސަރަހައްދާ 12 މީޓަރުގެ ސަރަހައްދަކަށް މި އަލިފާނުގެ އަސަރު ކުރުމާ ގުޅިގެން ސަމާލުވުމަށް އެދިފައިވާކަމަށެވެ.
ސައުތުއެންޑް އެއާޕޯޓުން ބުނީ މި ހާލަތާ ގުޅިގެން އަޕްޑޭޓްތައް އާއްމުކުރަމުން ގެންދާނެ ކަމަށާއި، މިއަދު އެ އެއާޕޯޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ޕަސެންޖަރުން އެމީހުން އެއާލައިން އާ ގުޅައިގެން ކަންކަން ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.
ވެއްޓުނު މަތިންދާ ބޯޓަކީ ގްރީކްގެ ވެރިރަށް އެތެންސް އިން ފުރައިގެން ކްރޮއޭޝިއާގެ ޕުލާ އަށް ދަތުރުކުރުމަށްފަހު ލަންޑަނުގެ ސައުތުއެންޑުން ލެލީސްޓެޑް އެއާޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ބޯޓެކެވެ.
އެހެންނަމަވެސް ބޯޓު ލެލީސްޓެޑް އަށް ދިޔުމަށް އެއާޕޯޓުން ނައްތާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭތި ވަނީ ވައަތްފަރާތަށް އަރިއަޅާލާ ވެއްޓިފަ އެވެ.
މި ބޯޓުގައި ދަތުރުކުރީ ކިތައް މީހުންކަމެއް އަދި ހާމަވެފައެއް ނުވެ އެވެ.
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
މަހާޖައްރާފުތައް ސާވިސްކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ހަދަނީ