މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ އެކްސިޑެންޓްތައް މާލޭގައި ހިނގުން ވަނީ އާންމުވެފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ: ޑރ. ޑޫމްގެ މާޒީ ދައްކާލައިފި
އައިސްކްރީމް ކެއުމުން ބޮލަށް ތަދުވަނީ ކީއްވެ؟
ކޮންމެ ފަހަރަކީ ވެސް ތަފާތު ފަހަރެއް: ނިކޯލް
