މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނުމަށްފަހު އެކްޓަރެއްގެ ނަމަކީ އޭނާގެ މަސައްކަތާއި ސްޓައިލާއި ޒާތީ ހުރިހާ ކަމެއް ރަމްޒުކޮށްދޭ ނިޝާނެވެ. އެހެން ކަމުން ދާއިރާއަށް ވަނުމަށްފަހު ރީތި ނަމެއް ބޭނުންކުރުމަކީ ގިނަ ތަރިން ސަމާލުކަންދޭ ކަމެކެވެ.

އެގޮތުން ހޮލީވުޑްގެ ބައެއް ތަރިންނަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނުމުގެ ކުރިން ވެސް އެކި ސަބަބުތަކަށްޓަކައި އެމީހުންގެ ނަން ބަދަލުކުރި ތަރިންނެވެ.

ވިން ޑީސަލް

ރީތިކަމަށް މަޝްހޫރު ވިން ޑީސަލްގެ އަސްލު ނަމަކީ މާކް ސިންކްލެއާ އެވެ. އެހެން ނަމަވެސް އޭނާގެ ނަން ވިންސެޓްއަށް ބަދަލުކޮށް "ވިން" ކުރުކޮށް ކިޔަން ފެށި އެވެ. ޑީސަލްއަކީ އޭނާގެ މިޒާޖުގެ ގޮތުން އޭނާއަށް ކިޔުނު ވަނަމެކެވެ.

ޖެނިފާ އެނިސްޓަން

90ގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"އިން އާއްމުންގެ މަގުބޫލުކަން ހޯދި ޖެނިފާގެ އަސްލު ނަމަކީ ޖެނިފާ ލިން އެނެސްޓަސަކިސް އެވެ. އެހެން ނަމަވެސް ގްރީސްއަށް ނިސްބަތްވާ އޭނާގެ ފަހު ނަން އެނިސްޓަންއަށް ބަދަލުކުރީ އޭނާގެ ބައްޕަ އެވެ.

ކޭޓީ ޕެރީ

ކޭޓީ ޕެރީގެ ޅަފަތުގެ ނަމަކީ ކެތަރީން އެލިޒަބަތު ހަޑްސަން އެވެ. އެހެން ނަމަވެސް ލަވަކިޔުމުގެ ދާއިރާއަށް ވަނުމަށްފަހު ކޭޓް ހަޑްސަންއާ ނަން އޮޅިދާނެތީ އޭނާގެ ނަން ބަދަލުކުރި އެވެ.

ޓޮމް ކުރޫޒް

ހޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓޮމް ކްރޫޒްގެ ފަހު ނަން ކަމަށްވާ މެޕޮތާ އޭނާގެ ނަމުން އުނިކުރީ އެޖެންޓެއްގެ ލަފާގެ މަތިންނެވެ.

ޑެމީ މޯ

އެއް އިރެއްގައި ދުނިޔޭގެ އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށްވާ ޑެމީ މޯގެ އުފަން ނަމަކީ ޑިމެޓްރިއާ ޖީން ޖައިނިސް އެވެ. ނަން ކިޔަން ފަސޭހައަކަށް އެ ނަން ކުރު ކުރިއިރު މޯއަކީ އޭނާގެ ފިރިމީހާގެ ފަހު ނަމެވެ.

މެރިލީން މޮންރޯ

60ގެ އަހަރުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދި މެރިލީންގެ އަސްލު ނަމަކީ ނޯމާ ޖީން މޯޓެންސަން އެވެ. އޭނާގެ ސްޓޭޖް ނަން މެރިލީންއަށް ބަދަލުކުރީ އޭޖެންޓެކެވެ.