ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މައުރޫފް ޖަމީލު މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
މައުރޫފް މި މަގާމަށް އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މައުރޫފް ރިޓަޔާކުރައްވަން ނިންމަވައި އެކަން ވަނީ އެ ކުންފުނީގެ ބައެއް އިސް މުވައްޒަފުންނާވެސް ހިއްސާ ކުރައްވާފަ އެވެ.
މި ނިންމުމާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މައުރޫފަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި އަދި އެޗްޑީސީ އުފެއްދިއިރުވެސް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް އޭނާ އައްޔަނުކުރީ، ކުރިން އެމަގާމުގައި ހުރި އިބްރާހިމް ފަޒުލް ރަޝީދު ގެ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ފަހު އެވެ.
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
ހާއްސަ މުސީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި