މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:30 އާ ހަމައަށެވެ.

އެއިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ އެވެ.

މީގެ އިތުރުންވެސް މިއަދު މުޅި ރާއްޖެއަށްވެސް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.