ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕްއަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފެށި "މީޓޫ މޫވްމަންޓް"ގެ ޓެސްޓް ސަބްޖެކްޓެއް ކަމަށް އޭނާ ބުނެފި އެވެ.
ޖޮނީ މިހެން ވާހަކަ ދައްކާފައި މިވަނީ ދަ ސަންޑޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ކުރީގެ އަންހެނުން އެމްބާގެ ފަރާތުން ކުރިމަތިވި ތުހުމަތުތަކާއި އެ ދެމީހުންގެ މެދުގައި ކުރިއަށް ދިޔަ ގާނޫނީ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
ޖޮނީ ބުނީ 2016 ވަނަ އަހަރު އެމްބާ ވަރިވުމަށްފަހު ގެވެށި އަނިޔާގެ ތުހުމަތުތަކެއް އޭނާއަށް ކުރިފަހުން މީޓޫ މުވްމަންޓް ވައިގައި ހިފި ކަމަށާއި އެހެން ކަމުން އޭނާއަކީ އެކަމުގެ ފެށުން ކަމުގައި ވެސް ބުނެވިދާނެ ކަމަށެވެ.
އެ ތުހުމަތުތަކާއެކު އާއްމުންނާއި މީޑިއާގެ ސަމާލުކަން ލިބުނު ދެ ޝަރީއަތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ޖޮނީއަކީ އަނބިން ގައިގަ ތަޅާ މީހެއް ކަމަށް ދަ ސަން މަޖައްލާގައި ޝާއިއު ކުރުމުން އެ މަޖައްލާއާ ދެކޮޅަށް ޖޮނީ ކުރި ދައުވާ އެކެވެ. އެ މައްސަލަ ނިމުނީ ޖޮނީއާ ދެކޮޅަށެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ޖޮނީ ވަނީ އެމްބާއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ނިިމިފައިވަނީ ޖޮނީއާ އެއްކޮޅަށް މައްސަލަ ސާބިތުވެގެންނެވެ.
މި ދައުވާތަކާއެކު އޭނާގެ ފިލްމީ މަސައްކަތްތައް ވެސް މަޑުޖެހުނު ކަމަށާއި ގިނަ ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ޖޮނީ ބުންޏެވެ.