މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާއްމުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އެ ކޮމިޝަނާއި ހަވާލުކޮށްފައިވާ މަސައްކަތް ނިންމާ، އެ މައްސަލައިގެ ފައިނަލް ރިޕޯޓް މިއަދު ރައީސްއާ ހަވާލުކޮށްފައިވާއިރު، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓް ލިބިފައިވާކަމަށާއި، އެ ރިޕޯޓް އާއްމުކުރުމަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް އެރިޕޯޓު އާންމުކުރާނީ ކޮން އިރަކުންކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އުފެއްދި މި ކޮމިޝަނުން ވަނީ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލާއި ވެސް ބައްދަލުކޮށްފަ އެވެ.
މި މައްސަލާގައި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ވަނީ ރައުދުގެ މައްޗަށް އުފުލާފަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ރައީސް މުއިއްޒު ބޮޑުކުރި 4000 ފްލެޓްގެ ކުލި ކުޑަކޮށްދީފި
ތެލުލި ކެއުންތަކުން ނަފްސާނީ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟