މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް، މޫސުން ގޯސްވުމާ ގުޅިގެން ނުޖެއްސި އަނބުރާ މާލެ އައިސްފި އެވެ.
އެނގިފައިވާ ގޮތުގައި، މި ފްލައިޓް ކުޅުދުއްފުށްޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:40 ގަ އެވެ. ނަމަވެސް، ފްލައިޓް ކުޅުދުއްފުށީ ވައިގެ ބަނދަރުގައި ޖެއްސޭތޯ ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން މަސައްކަތްކުރުމަށްފަހު، ނުޖެއްސުމުން ނ. މާފަރު އެއާޕޯޓަށް މިސްރާބު ޖެހި އެވެ.
އެހެން ނަމަވެސް، އެތަނުގައި ވެސް ނުޖެއްސިގެން ގުޅިގެން ފްލައިޓް އަނބުރާ މާލެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މެންދުރު ގާތްގަނޑަކަށް 11:00 ހާއިރު އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިވަގުތު ރާއްޖޭގެ އުތުރު ސަރަޙައްދުގެ މޫސުން ގޯސްކަމަށް ބުނެ ހުދު ސަމާލު ނެރެފަ އެވެ. ކުޅުދުއްފުށީގައި ހުރި ފަރާތަކުން ބުނާގޮތުގައި އެ ރަށަށް ވަނީ ވައި ބާރުވެ، ވިއްސާރަވެފަ އެވެ. މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
