ދެހާހުގެ ކުރީކޮޅު ހިންދީ ސިނަމާއިން ވިދާލި ކުޅަދާނަ ތަރި ފަރުދިން ޚާން މިހާރު ފެންނަނީ މުޅިން ތަފާތުކޮށެވެ.
ދެހާސްވަނަ އަހަރު ފިލްމީ ދާއިރާއާއި ދުރަށްދިޔަ ފަރުދީން ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޭނާގެ ބަރުދަނުގެ ސަބަބުން ނޫސްތަފުގެ ފަލަ ސުރުޚީއަށް އަރައި އާއްމުންގެ މަލާމާތާއި ފުރައްސާރައިގެ އަމާޒަކަށް ވެފަ އެވެ.
ނަމަވެސް މިދިޔަ މާޗް މަހުގެ ތެރޭގައި އާއްމުވި ފޮޓޯތަކަށް ބަލާއިރު ފަރުދީންގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި 18 ކިލޯ ލުއިކޮށް ފަރުދީން މިހާރު ފެންނަނީ އޭނާގެ ޅަދުވަހާ ދާދި އެއްގޮތަކަށެވެ.
ބަރުދަން ލުއިކުރުމަށް ކުރި ދަތުރާއި ބެހޭގޮތުން ފަރުދީން ބުނީ ބަރުދަނުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރިކަމަށާއި ބަރުދަނުް ލުއިކުރުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ދެދަރިންގެ ފަރާތުން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ފަރުދީން އަންނަނީ ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ތައްޔާރު ވަމުންނެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
ނަފްސާނީ ތޫނުފިލިކަން އިތުރުކޮށް ބާރުވެރި މީހަކަށް ވާނީ ކިހިނެއް؟