ފީބާ އަންޑާ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް އަދި ފީބާ އަންޑާ16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް - ޕަވަރޑް ބައި ދިރާގު، މިއަދު ފަށަން ހަމަޖެހިއްޖެ އެވެ.
ސޯޝަލް ސެންޓަރ އެތެރެ ކޯޓުގަައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ 12 އިން 16 ޖޫން އަށެވެ.
މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ސައުތު އޭޝިއާގެ 4 ގައުމު ވާދަކުރާނެއެވެ. އެއީ، އިންޑިއާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ.
މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ތާރީހީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހޯދައިފައިވާ ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި، މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި މުބާރާތުގައި، ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު ހަވީރު 5:30 ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިރޭ 8:00 ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ސްރިލަންކާއާ ދެކޮޅަށެވެ.
ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކަށްވާއިރު، މި ކުންފުނިން އަންނަނީ ގައުމީ ފެންވަރުގައި ވެސް މި ކުޅިވަރު ކުރިއެރުމަށް ދިރާގުން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.