ނާސާގެ ތަހުގީގުވެރިން އަދި މޫސުމީ މާހިރުން ފަހުން ފެނުނު ބޮޑު ސޯލާ ފްލެއާއެއް ދިރާސާކޮށް، އޭގެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މި ސޯލާ ފްލެއާ ފެނިފައިވަނީ މިދިޔަ މެއި 14 ގަ އެވެ. ނާސާގެ ސޯލާ ޑައިނަމިކްސް އޮބްޒަވޭޓަރީގެ ތަހުގީގުވެރިން މި ސޯލާ ފްލެއާ ގިންތިކޮށްފައިވަނީ އެކްސް ޓޫ2.7 ގެ ގޮތުގަ އެވެ. މިއީ އެންމެ ވަރުގަދަ ގިންތި ކަމަށްވާ އެކްސް ގިންތީގެ ތެރެއިން ވެސް ވަރަށް ބޮޑު ފްލެއާއެއްކަން ފާހަގަކޮށްފައިވެ އެވެ.

ސޯލާ ފްލެއާތަކުން ދުނިޔެއަށް ރޭޑިއޭޝަން ފޮނުވާކަމަށާއި، މިކަމުގެ ސަބަބުން ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަސަރުކުރާކަމަށް ތަހުގީގުވެރިން ބުނެފައިވެ އެވެ. މީގެ ތެރޭގައި ރޭޑިއޯ މުވާސަލާތްތަކަށާއި، ސެޓެލައިޓްތަކަށާއި، ކަރަންޓު ވިއުގަތަކަށާއި، އަދި ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކަށް އަސަރުކުރުން ހިމެނެ އެވެ.

ނަމަވެސް، އެއް ސޯލާ ފްލެއާއަކުން މުޅި ދުނިޔެ ނައްތާލައި، ދުނިޔެ ހިލަ ޒަމާނަށް އަނބުރާ ގެންދެވިދާނެކަމަށް ދައްކުވައިދޭ ހަރުދަނާ ދިރާސާއެއް ނެތްކަމަށް ނާސާއިން ބުނެ އެވެ. އެހެންނަމަވެސް، މި ކަހަލަ ހާދިސާތަކުން ލިބޭ މައުލޫމާތުގެ އަލީގައި، ކުރިމަގުގައި މިފަދަ ކަންކަމަށް ތައްޔާރުވުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ބުނެފައިވެ އެވެ.

ނާސާއިން ސޯލާ ފްލެއާތަކަށް ބަލަނީ ނުރައްކަލެއްގެ ގޮތުގައި ނޫންކަމަށާއި، އޭގެ ބަދަލުގައި މިއީ އިތުރަށް ދަސްކުރުމުގެ ފުރުސަތެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.