އިންޑިއާގެ ބިންގަނޑު ދެބައިވަމުންދާކަމަށް އެމެރިކަން ޖިއޮފިޒިކަލް ޔޫނިއަން (އޭޖީޔޫ) ކޮންފަރެންސްގައި ހާމަކުރެވުނު އައު ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސައިސްމިކް ޑޭޓާ އަދި އައިސޮޓޯޕް އެނަލިސިސް އެވެ. މި ދިރާސާއިން ދައްކާގޮތުގައި އިންޑިއާގެ ބިންގަނޑުގެ ތިރީބައި ވަކިވެ ބިމުގެ އަޑިއަށް ދަނީ ފީވަމުންނެވެ.
މި ހޯދުމަކީ ހިމާލަޔާ ފަރުބަދަ އުފެދުނުގޮތާ ބެހޭގޮތުން މިހާތަނަށް އޮތް ނަޒަރިއްޔާތަށް ބަދަލުކޮށްލާފާނެ ކަމެކެވެ. އަދި މި ސަރަހައްދުގައި ބިންހެލުމުގެ ނުރައްކާ އިތުރުވެދާނެކަމަށްވެސް އެ ދިރާސާގައި ލަފާކޮށްފައިވެ އެވެ.
މި ދިރާސާއިން ދައްކާގޮތުގައި އިންޑިއާގެ ބިންގަނޑުގެ ބައެއް ވަކިވެ ދަނީ ތިރިއަށް ދަމުންނެވެ. އަދި އޭގެ ބަދަލުގައި ހޫނު މެޓީރިއަލް އަންނަނީ އެތަނަށް ޖާގަހަދަމުންނެވެ.
މި ހޯދުންތައް ހޯދާފައިވަނީ ބިންހެލުމުގެ ރާޅުތަކާއި ދެކުނު ޓިބެޓުގެ އާރުތަކުން ނެގުނު ހީލިއަމް އައިސޮޓޯޕްތައް ދިރާސާކޮށްގެންނެވެ. ޔުޓްރެޗްޓް ޔުނިވާސިޓީގެ ޑައުވެ ވަން ހިންސްބާގެން ވިދާޅުވިގޮތުގައި މިއީ ބިންގަނޑުތަކުގެ އަމަލުތަކާ ބެހޭގޮތުން މުޅިން އައު ހޯދުމެކެވެ.
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
