މާދަމާ އަކީ ރާއްޖެއަށް ވެސް ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ވަނީ ފެނިފަ އެެވެ. މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށާއި އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ނިންމުން ހިޖްރީ ކަލަންޑަރާ ވެސް ދިމާވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.
މިފަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ޖުމްލަ އަދަދު އަދި ސަރުކާރުން ހާމައެއްނުކުރެ އެވެ.
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
