ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ގާއިމް ކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގެ އެންމެންގެ ގުރުއަތުލައި ނިމެންދެން ގުރުއަތު ލުން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ގުރުއަތުލާއިރު، ދައުލަތުގެ މީޑިއާ އިން ލައިވް ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އޮބްޒާވަރުންނަށް ވެސް ގުރުއަތު ނަގާއިރު ހަރަކާތްތެރިވެވެ އެވެ. އޮބްޒާވަރުން ގުރުއަތު ނަގާ ހޯލަށް ދާންޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ގުރުއަތު ނަގާއިރު ނެގުނު ފްލެޓާއި ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ފެންނާނެ އެވެ. މީގެއިތުރުން ފޯނަށް އެސްއެމްއެސް އަކުން ވެސް އެ މައުލޫމާތު ލިބޭނެ އެވެ.
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
