މިހާރު ފްރާންސްގައި ކުރިއަށްދާ ކޭންސް ފިލްމު ފެސްޓިވަލްގައި މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ ފެނިލުމެއް ފެނިދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީއަށް ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ މަތިންދާ ބޯޓެއްގެ ކުޑަދޮރުން ނަގާފައިވާ ކަމަށް ބެލެވޭ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
އެ ފޮޓޯއިން ގޮނޑުދޮށެއްގެ އޭރިއަލް ވިއު ފެންނައިރު އެއީ ކޮންތަނެއްތޯ ދިމާކުރަން ޕްރިޔަންކާ އޭނާގެ ސަޕޯޓަރުންގެ ކައިރީގައި ބުނެފައިވެ އެވެ. އެ ފޮޓޯގައި ފެންނަނީ މިހާރު ކޭންސް ފެސްޓިވަލް ކުރިއަށްދާ ފްރެންޗް ރިވޭރިއާގެ ގޮނޑު ދޮށެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަން ޕްރިޔަންކާގެ ޓީމުން ޔަގީން ކޮށްދީފައި ނުވިނަމަވެސް މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ކޭންސް ފެސްޓިވަލްގައި ޕްރިޔަންކާގެ ފެނިލުމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ.
ޕްރިޔަންކާގެ މަގުބޫލުކަން ހޮލީވުޑްގައި އިތުރުވަމުން ދިއުމާއެކު މިފަދަ ހަފްލާތަކުގައި އޭނާގެ ފެނިލުންތައް ފަހަކަށް އައިސް ވަރަށް ގިނަ އެވެ.
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!
ފެނަކައިގެ ސަބަބުން މަސްވެރިކަން ދަށަށް ދިޔަ: ތަރުޖަމާނު
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް