މިއަދު މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 11:30 އާއި ހަމަ އަށެވެ. އެއިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރާ ކަމަށެވެ.
މީގެ އިތުރުންވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފަ އެވެ.
މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އަށް ހުދު ސަމާލު ނެރެފައިވާއިރު މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރާ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އެދިފަ އެވެ.