މިއަހަރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ސަރުކާރުން ސަބްސިޑީއަށް ކުރާ ހަރަދު، ފާއިތުވި އަހަރާ އަޅާބަލާއިރު 21.2 އިންސައްތަ ދަށްވެއްޖެ އެވެ.
މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުންނެވެ.
ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އެޕްރީލް 8 ގެ ނިޔަލަށް ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ސަބްސިޑީ ހަރަދު ދަށްވެފައިވާއިރު، ދައުލަތުގެ އާމްދަނީ އިތުރުވެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް 14.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ހަރަދުވެފައި ވަނީ 12.3 ބިލިއަން ރުފިޔާ އެވެ. މިގޮތުން، އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ ވަނީ ހަރަދަށްވުރެ 1.9 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދުތައް، މިދިޔަ އަހަރާ އަޅާބަލާއިރު 21.6 އިންސައްތަ ދަށްވެފައިވެ އެވެ. މިއަހަރުގެ ފުރަތަމަ 14 ހަފުތާގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 11.2 ބިލިއަން ރުފިޔާ އެވެ.
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
