އިޓަލީގެ ބޮޑު ކްރޫޒްލައިނާއެއް 2،000 އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއަށް އަތުވެއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް އައި މި ކްރޫޒްލައިނާއަށް ކިޔަނީ "އޭއައިޑީއޭ" އެވެ. މިއީ މައިގަނޑު ގޮތެއްގައި ސްވިޒަލޭންޑް، އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ކްރޫޒްލައިނާއެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނިގޮތުގައި މި ކްރޫޒްލައިނާގައި ޖުމްލަ 2،650 މީހުން ދަތުރުކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 2،022 ފަސިންޖަރުންނާއި 628 ކްރޫ މެންބަރުންނެވެ. މި ކްރޫޒްލައިނާ ރާއްޖެއަށް އައިސްފައި ވަނީ ސްރީލަންކާގެ ކޮލަމްބޯ ބަނދަރުންނެވެ.

މިއީ މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ކްރޫޒްލައިނާ އެވެ. މީގެ ކުރިން، މި މަހުގެ 4 ވަނަ ދުވަހު "އެމްއެސް ނޯޓިކާ" ނަމަކަށް ކިޔާ އިންޑިއާގެ ކްރޫޒްލައިނާއެއް ވެސް ވަނީ ރާއްޖެއަށް އައިސްފަ އެވެ.

(މެއި 14، 2025) - ކްރޫޒް ލައިނާއަކުން އައި ޓޫރިސްޓުންތަކެއް މާލޭގެ އެއް ނަމްބަރު ފާލަން ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ | ހުރިހާ

ރާއްޖެއަކީ ކްރޫޒްލައިންތަކުގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. މި އަހަރުގެ ތެރޭގައި މިހާތަނަށް 10 ކްރޫޒްލައިނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.