ފިލްމުތަކުގައި ހިމެނޭ އެކްޝަން މަންޒަރުތައް އަމިއްލައަށް ކުޅުން ހުއްޓާނުލާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޖެކީ ޗެން ބުނެފި އެވެ.

މި ފަހުން ދިން އިންޓަވިއުއެއްގައި ޖެކީ ބުނެފައިވަނީ އުމުރުން 71 އަހަރު ވީ ނަމަވެސް އެކްޝަން ފިލްމުތައް ކުޅުން ހުއްޓާލުމުގެ އެއްވެސް ހިޔާލެއް ނެތް ކަމަށެވެ.

"އެއީ އަހަރެން ރިޓަޔާ ކުރަން ދެން ވެސް ކުރާނެ ކަމެއް،" ޖެކީގެ މަޝްހޫރު އެކްޝަން މަންޒަރުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ޖެކީއަކީ "ދަ ކަރާޓޭ ކިޑް" ފްރެންޗައިޒް ފަދަ އެކްޝަން ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި އެކެވެ. އޭގެ ތެރޭގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ހިމެނެ އެވެ.

ޖެކީ މިހާރު އަންނަނީ "ދަ ކަރާޓޭ ކިޑް" ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމުގައި ވެސް އޭނާގެ ކެރެކްޓަރު ކުޅެން ތައްޔާރު ވަމުންނެވެ.

ހޮލީވުޑްގެ ގިނަ އެކްޓަރުންނަކީ އެމީހުންގެ އެކްޝަން މަންޒަރުތައް ބޮޑީ ޑަބަލް ބޭނުންކޮށްގެން ޝޫޓުކުރާ ބައެއް ނަމަވެސް ޖެކީ ޗެންއަކީ އެ މަންޒަރުތައް އަމިއްލައަށް އެކްޓަރެކެވެ.