މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒުވާން އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު ހައްޔަރުކުރަން ނިންމީ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި އެވެ.
އޭޕްރީލް 24 ވަނަ ދުވަހު ރައުދު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވާތީ އޭޕްރީލް 30 ވަަނަ ދުވަހު އޭނާގެ ބަންދަށް 10 ދުވަސް އިތުރުކުރި އެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ވަނީ އިތުރު ފަސް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ރައުދު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކޮށް މައުލޫމާތު ސިއްރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވި އެވެ.
ސްޕެއިންގައި ތަމްރީނު މަތިންދާ ބޯޓެއް ވެއްޓި ދިވެއްސަކަށް އަނިޔާ
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި
ރާއްޖެ އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
