އެމްޑީޕީއަށް ގިނަ އިސްލާހުތައް ފެންނަމުންދަނީ ވެރިކަން ގެއްލުމަށްފަހު ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ފާޑުކިޔައިފި އެވެ.
ފަލާހު އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އެމްޑީޕީއަށް މިހުރިހާ އިސްލާހެއް ވެރިކަން ގެއްލުނީމަ ފެންނާތި ހާދަހާވާދެރައޭ" މިފަދައިންނެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބުނެފައިވާ ބަހަކާއި ގުޅިގެންނެވެ.
މެންބަރު ފަލާހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ ފަނޑިޔާރަކު ގޭގައި ނިދާފައި އޮއްވާ ވަގަށް ނެގުމާ ގުޅިގެންނާއި، އޭރު އާއިލާއަށް ފޮރުވައި އެތައް ރައްޔިތުންނެއް މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފަނޑިޔާރުން ވަކިކުރުމުގެ ރެކޯޑެއް ހެދި ކަމަށާއި، ފަނޑިޔާރުންނަށް ބިރުދައްކައި މުޅި ޝަރުޢީ ނިޒާމު ފުނޑާލީ އެމްޑީޕީން ކަމަށްވެސް ފަލާހު ތުހުމަތުކުރެއްވި އެވެ.
މި ސަރުކާރާ ބެހޭގޮތުން ފަލާހު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުގެއާ ޖުޑިޝަރީއަށް އަތެއް ނުބާނާނެ ކަމަށެވެ. އަދި އެއީ 100 އިންސައްތަ މުޖައްރަބު ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ހީކުރަނީ ރާއްޖޭގަ ތިބީ ހުސް މޮޔައިން ކަމަށްތަ "އަތްނުބަނާނޭ" ތިބުނަނީ
ރިޕްލައި