ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއަށް މިނިސްޓަރުކަން ދެއްވީ އޭނާގެ ބައްޕަ، އަބްދުއްރަހީމް އަބްދުﷲއާ އޮތް ގާތް ގުޅުމުގެ ސަބަބުން ކަމށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ފައިސަލް އަށް ވަޒީރުކަން ދިނުމަށް އެއްވެސް ޑީލެއް ހަދާފައިނުވާނެ ކަމަށެވެ.
"ޑީލް އެއް ނަހަދަން. އެކަމު އެއީ އަޅުގަނޑުމެންގެ ތެރޭގަ އޮތް ގާތް ގުޅުމުގެ ސަބަބުން ހަމަޖެއްސި ކަމެއް،" ރައީސް ވިދާޅުވި އެވެ.
މިނިސްޓަރު ކަމުން ފައިސަލް ވަކި ކުރީ މި އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އެވެ. ފައިސަލް މަގާމުން ވަކިކުރުމާ އެކު މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާ އޮތް ގުޅުން ރަނގަޅުނަމަ ފައިސަލް މަގާމުން ވަކިނުކުރައްވާނެ ކަމަށެވެ. އަދި މަގާމުން ވަކިކޮށްފައިވާތީ ދެން އޭނާ ސަރުކާރާއެކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާ:ުވީ އަބްދުއްރަހީމާ އޮތް ގުޅުން ރަނގަޅު ކަމަށެވެ. އަދި ފައިސަލް ވަކިކުރެއްވީ ގާނޫނުއަސާސީން އެބާރު ލިބޭތީ އެވަގުތު އެކަން ކުރަން ފެންނާތީ ކަމަށް ވިދާޅުވި އެވެ.
މަގާމުން ވަކިކުރުމުން ފައިސަލް ވަނީ މާލޭގައި ދިރިއުޅެވޭނެ ތަނަވަސްކަމެއް ނެތް ކަމަށް ވިދާޅުވެ، އަމިއްލަ ރަށް، ލ. ފޮނަދުއަށް ބަދަލުވެފަ އެވެ.
މިިހަކާ އޮންނަ ގުޅުމަކުން ރާއްޖޭގެ އެންމެ ބޮނޑު ސިނާޔަތުގެ ހިންގުން ހަވާލުކުރީމަ އިގެނީ ރައީސް އަކީ ގައުމުގެ ފައިދާއައް ވުރެން ބޮޑައް އަމިއްލަ ނަފްސް އިސްކުރާ ބޭފުޅެއްކަން.
ރިޕްލައި