ދިރިއުޅުމުގެ އެކި ދުވަސްވަރު އަހަރެމެންނަށް ގެންގުޅެވޭ ނޭދެވޭ އާދަތަކުގެ އަސަރު ވަގުތުން ނުފެނުނު ނަމަވެސް އެކަންކަމަކީ ހަޔާތުގެ ވަކި ހިސާބަކުން ފާހަގަވާނެ ކަންކަމެވެ.
އެގޮތުން ފުރާވަރުގެ ދުވަސްތަކާއި ޒުވާން އުމުރުގައި ގެންގުޅޭ ނޭދެވޭ އަސަރުތަކުގެ އަސަރު ހަށިގަނޑުން ފެންނަން ފަށާނެ އުމުރު ސައިންސްވެރިން މިހާރު ވަނީ ހޯދާފަ އެވެ.
ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި އިންސާނާގެ ހަށިގަނޑަށް އޭނާ ގެންގުޅޭ ނޭދެވޭ އާދަތަކުގެ އަސަރު ކުރަން ފަށާނީ އުމުރުން 36 އަހަރުގަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުން އަދި ހަރަކާތްތެރިވެ ނޫޅުން ފަދަ ކަންކަމުން ތިރީހުގެ އަހަރުތަކުގައި ހަށިގަނޑަށް ބަދަލުތައް ގެންނާނެ ކަމަށް އެ ދިރާސާގައިވެ އެވެ.
އެގޮތުން މި ކަންކަމުގެ ސަބަބުން ހިތުގެ ސިއްހަތަށާއި ދިފާއީ ނިޒާމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އުމުރުން 36 އަހަރަށްފަހު ބަދަލުތައް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އެހެން ކަމުން ލަސްނުވެ ތިމާގެ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އުމުރުގެ ފަހުބައިގެ ސިއްހަތު ރަނގަޅު ކުރަން މަސައްކަތް ކުރަން ސައިންސްވެރިން އިރުޝާދު ދެ އެވެ.
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
އިސްތަށިގަނޑުގައި ޖައްސާނެ ކުލައެއް އިޚްތިޔާރު ކުރާނީ ކިހިނެއް؟