ފުވައްމުލަކުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުންދަނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 12:11 ހާއިރު އެވެ.
ފުލުހުން ބުނިގޮތުގައި ނިޔާވީ ރ. އަލިފުށީ، އަބަދަށްހިޔާގޭ، އަބްދުﷲ ރިޝްދާން 27އ. އެވެ.
އޭނާ ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ކަރަންޓުގައި ޖެހިގެން ވެއްޓި، ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވެފަ އެވެ.
އޭނާގެ މޫނުމައްޗަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި އަނިޔާވި ފަހުން އޭނާ ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
		
								
								