އެމްޑީޕީ އޮތީ އެއްބައިވަންތަކަމެއްގައި ކަމަށާއި، ދައުވާތަކެއް ކުރިނަމަވެސް އެ ޕާޓީގެ އަޑު ކަނޑުވާ ނުލެވޭނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ރައީސް މުހައްމަދު މުއިއްޒުގެ އާއިލާއިން މަދަނީ ދައުވާތަކެއް ކުރުމާ ގުޅިގެންނެވެ.
މި ދައުވާތަކާ ގުޅޭ ގޮތުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހް ވިދާޅުވެފައިވަނީ މިއީ ސިޔާސީ ބޭނުމުގައި އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ކުރާ "ފިނޑި އަމަލެއް" ކަމަށެވެ.
އޭގެ އިތުރުން، މިއީ އެ ޕާޓީއަށް އަލަށް ދިމާވާ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ސޯލިހް ވިދާޅުވި އެވެ. ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓަށް ޕާޓީ ތެރޭގައި ވާދަވެރިކަން އުފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުންގެ ޝުއޫރު ސޯޝަލްމީޑިއާގައި އާންމުވެފައި ވަނިކޮށެވެ.
އާލިއާއަށް ލޯބިން ކިޔައި އުޅުނު ނަން އެނގޭތަ؟
މި ބާވަތްތައް އައިސް އަލަމާރިއަށް ލައިގެން ނުވާނެ!
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

އެއްކޮށް އޮތްނަމަ ވެރިކަން ލިބޭނެތާ!!!