ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖްތާޒް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުޖުތާޒްގެ ނަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒް އައްޔަނުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަންކުރަން ފާސްކޮށްފައި މިވަނީ، އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
ޔޫއެފްއޯ އާ ގުޅޭ ސިއްރު ލިޔެކިޔުންތައް ޕެންޓަގަނުން އާންމުކޮށްފި