މާލޭގައި ރޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާލެ ކުރިކީލަމަގުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލަދީ މާރާމާރީ ހިންގި މައްސަލައެއް ރޭ 11:58 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލު ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ސައްހަ ނޫން ކޯޓު އަމުރެއްގެ ދަށުން އީޝާގެ ބައްޕަ ހައްޔަރުކޮށްފި