އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތާވަލުކުރި އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ، މަނާކުރެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި މަނާކުރެވިގެންވާނެ ޝޯއެއް ނޫން ކަމަށާއި، ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މިގައުމުގައި ހިންގަން ޖެހޭނެ ކަމަށެވެ. އަދި މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން ކަމަށާއި، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ ކަމަށް ނަޝީދު ސޯޝަލް މީޑިއާގައި ހާމަކުރެއްވި އެވެ.
އުބާ އިވެންޓްސް އިން އިންތިޒާމުކުރާ މި ޝޯ ބޭއްވުމަށްޓަކައި ސްޕޮންސަރުން ހޯދައި، ޓިކެޓުތައް ވެސް ވިއްކާފައިވާއިރު، ޝޯއަށް ބޭނުންވާ ލޮޖިސްޓިކްސް މަސައްކަތްތަކަށް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފަ އެވެ. ސޯޝަލް ސެންޓަރުގައި ސްޓޭޖު އެޅުމުގެ މަސައްކަތްތަކާއި އެހެނިހެން ތައްޔާރީތައް ދިޔައީ ކުރަމުންނެވެ. މި ޝޯގައި ރާއްޖޭގެ ބައެއް އާޓިސްޓުން ވެސް އޯޕެނިން އެކްޓުތަކުގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅަން އޮތީ ހަމަޖެހިފަ އެވެ.
ޝޯއަށް ބޭނުންވާ ތައްޔާރީތައް ވަމުން ދަނިކޮށް، ސަރުކާރުން މި ޝޯ ކެންސަލްކުރަން އެންގީ އިއްޔެގެ ވަގުތެއްގަ އެވެ. މި ބޭންޑުގެ މެންބަރުން މިހާރު ރާއްޖެ އައިސްފައިވާއިރު، އެމީހުން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުންނެވެ.
ސަރުކާރުން މި ޝޯ ހުއްޓުވަން އެންގި ވަކި ސަބަބެއް ވެސް މިހާތަނަށް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
ސޫރީ ކްރޫޒްގެ ނަމުން ބައްޕަގެ ނަން އުނިކުރީ ކީއްވެ؟
ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރުހުންދީފި
